Archive for ތަޣައްޔަރުވުން

FISH KEPT IN POLLUTED WATER FOR YOUR DINNER

Every day live fish such as Bigeye scad (Mushi mas) and Mackeral scad (Rimmas) are kept in cages in highly polluted Male’ inner harbour in front of the Fish Market. Local fishermen catch the fish from various areas and put them in the cages to be kept alive. These cages are kept in stagnated waters where oil and all sorts of trash from boats are accumulated. From the cages these fish are collected and put in baskets in Fish Market for selling.

fish-cages.jpg
Cages in highly polluted water in front of Malé Fish Market.

Bigeye scad and Mackeral scad is commonly found in cafés and tea shops in Malé. They are also consumed at households. Some people who have bought Mackeral scad and Bigeye scad have complained of “kerosene-like taste” from these fish.

trash1.jpg
All sorts of trash accumulated near the cages in front of Fish Market.

Maldives Food and Drug Authority (MFDA), the competent authority established in 2006 to set the standards relating to food and drugs in Maldives, and the authority for certification of fish products to EU Market in the Maldives, while being completely aware of hygienic situation of fish sold in Fish Market in Malé, still allows live fish such as Mackeral scad and Bigeye scad to be kept in these cages and sold in Malé Fish Market.

trash2.jpg

In the TVM evening news on March 15, MFDA admitted that it was aware of the unhygienic conditions in the Fish Market and surrounding areas. However, it has not taken any action to stop the selling of fish from the unhygienic fish cages in polluted waters.

fishsold.jpg
Fish from the cages are sold in the Fish Market.

Till very recently, contaminated groundwater was used at Fish Market for cleaning fish and washing the market floors.

According to the State of the Environment Report 2002, sewage effluent, potentially harmful substances and different chemicals are disposed untreated into coastal water of Malé, by means of nine outfalls at six different locations. “The pollution load from these sewer outfalls probably exceeds the dilution capacity of the receiving waters,” State of the Environment Report 2002 said.

ހަޑިމުޑުދާރު މަސް ވިއްކަން މާރުކޭޓުގައި

މާލޭގެ މަސް މާރުކޭޓުގެ ކުރިމަތީގައި އޮންނަ ފަޅު ތެރޭގައި މުށިމަހާއި ރިތްމަސް ދިރުވަން ބަހައްޓާފައި ހުންނަ ކޮށިތަކުގެ ތެރޭގައި އަދި ކޮށި ތަކުގެ ކައިރީގައި ވެސް ތެލާއި އެކި ބާވަތްތަކުގެ ކުނިބުނި ޖަމާވެފައި ހުރެއެވެ. މަސްވެރިން އެކިތަންތަނުން ހިފައިގެން ގެންނަ މަސް، ކޮށިތަކުގައި ދިރުވާފައި ބެހެއްޓުމަށްފަހު ކޮންމެ ދުވަހަކުވެސް އެތަނުން ބައެއް މަސް ވިއްކުމަށްޓަކައި މާރުކޭޓުގައި ބަހައްޓާފައި ހުރެއެވެ. މަސް ދިރުވަން ބަހައްޓާފައި ހުންނަ ސަރަޙައްދަކީ ރަގަޅަށް ފެން ދައުރު ނުވާ، އަދި ދޯނިފަހަރުން އެޅޭ ތަފާތު ކުނިބުންޏާއި ތެލުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ސަރަޙައްދެކެވެ.

trash3.jpg
މަސް ދިރުވަން ބަހައްޓާފައި ހުންނަ ކޮށިތަކުގެ ކައިރީގައި ތަފާތު ކުނިބުނި ޖަމާވެފައި

މުށިމަހާއި ރިތްމަހަކީ މާލޭގެ ސައި ހޮޓާތަކުގައި ޢާއްމުކޮށް ހުންނަ ބާވަތްތަކެކެވެ. އަދި ވަރަށް ގިނަ ގޭގޭގައި ވެސް ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. މާރުކޭޓުން މުށިމަހާއި ރިތްމަސް ގަންނަ ބައެއް މީހުން މަހުގައި “ކަރާސީނު ކަހަލަ” ތެޔޮ ރަހައެއް ހުންނަ ކަމުގެ ޝަކުވާ ކޮށްފައި ވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަކީ ދިވެހިރާއްޖޭގައި ކާބޯތަކެއްޗާއި ބޭސްތަކުގެ ފެންވަރާއި ޞިއްޙީ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި 2006 ވަނަ އަހަރު އުފައްދާފައިވާ ރަސްމީ އިދާރާ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ސެޓްފިކެޓް ރާއްޖޭގައި ދޫކުރާ އިދާރާ ވެސް މެއެވެ. ނަމަވެސް އެއިދާރާއަށް ވެސް މަސް މާރުކޭޓު ކުރިމަތީގައި ފަޅުތެރޭ ޞިއްޙީ ގޮތުން އެކަށީގެންވާ މިންގަނޑުތަކަށް ނުފެތޭ ޙާލަތުގައި މަސް ދިރުވައިގެން ވިއްކާކަން އެގިފައި އޮތް ނަމަވެސް މިކަމަށް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

15 މާރޗް ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގެ ޚަބަރުގައި އެމް.އެފް.ޑީ.އޭ ގެ ފަރާތުން ވަނީ މަސް މާރުކޭޓާއި އަދި މާރުކޭޓުގެ ކައިރި ސަރަޙައްދުގައި ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ކަންތައް ހުރި ކަމަށް ހާމަކޮށްފައެވެ. ނަމަވެސް ތަޣައްޔަރުވެފައިވާ ފަޅުތެރޭގައި މަސް ދިރުވައި ވިއްކުން ހުއްޓުވާލާފައެއް ނުވެއެވެ.

ދާދި ފަހަކާއި ޖެހެންދެން މަސް މާރުކޭޓުގައި މަސް ދޮންނަން އަދި މާރުކޭޓުގެ ތަޅުންގަނޑު ސާފުކުރަން ވެސް ބޭނުންކޮށްފައިވަނީ ތަޣައްޔަރުވެފައިވާ ފެނެވެ.

ސްޓޭޓް އޮފް ދި އެންވަޔަރަންމަންޓް ރިޕޯޓް 2002 ބަޔާން ކުރާ ގޮތުގައި ނަޖިހާއި، ޞިއްޙީ ނުރައްކާތައް މެދުވެރިވެދާނެ ފަދަ ބާވަތްތައް އަދި ތަފާތު ކެމިކަލްތައް އެއްވެސް ވަރަކަށް ޓްރީޓް ނުކޮށް މާލޭގެ ވަށައިގެންވާ މޫދަށް ދޫކުރެވެއެވެ. އެއީ ތަފާތު ހަ ދިމާލެއްގައި ހުންނަ 9 ހޮޅިންނެވެ. އެރިޕޯޓު ބުނާގޮތުން ނަޖިސް ބޭރުކުރާ ހޮޅިތަކުން ބޭރުކުރާ ބާވަތްތަކުގެ ސަބަބުން ތަޣައްޔަރުވާ މިންވަރު، އެ ބާވަތްތައް އެޅޭ ސަރަޙައްދުގެ ލޮނުފެނުން އެބާވަތްތައް “ޑައިލިއުޓް” ކުރެވޭ މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

Comments (16)